twitterviber whatsapp telegramfacebookyoutube instagram
5th October 2026

ކުޅުދުއްފުށީ ހޮސްޕިޓަލަށް މެޑިކަލް ޑިރެކްޓަރެއް ހޯދަނީ، އަސާސީ މުސާރައަކީ 41،343 ރުފިޔާ

އަބްދުލް ވާހިދު ޙަސަން
Aug 17, 2023

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މެޑިކަލް ޑިރެކްޓަރެއް ހޯދުމަށް އިއުލާންކޮށްފި އެވެ. މެޑިކަލް ޑިރެކްޓަރަކީ ހޮސްޕިޓަލެއްގެ އެންމެ މުހިންމު އަދި ބޮޑު ޒިންމާއެއް އޮންނަ މަގާމެކެވެ.

ކޭއާރުއެޗުން ކުރި އިއުލާނެއްގައި ބުނީ، މެޑިކަލް ޑިރެކްޓަރަށް އަސާސީ މުސާރައިގެ ގޮތުގައި 41،343 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އެލަވަންސްގެ ގޮތުގައި 23،678 ރުފިޔާ ލިބޭއިރު ހާޒިރީ އެލަވަންސްގެ 641 ރުފިޔާ ލިބޭނެ އެވެ.

އެ މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން، އެ ހޮސްޕިޓަލު އިދާރީ އޮފީސް (ދެވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވަ އެވެ.

މެޑިކަލް ޑިރެކްޓަރެއް ހޯދުމަށް ކުރި އިއުލާން

އެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުތު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެ އެވެ.

މި ވަޒީފާގެ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 25 އޮގަސްޓް 2023 އާއި 25 ސެޕްޓެމްބަރު 2023 އާދެމެދު، ކޭއާރުއެޗުގެ މީޓިންގ ރޫމްގައެވެ. މި އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ކޭއާރުއެޗަށް އެންމެ ފުރަތަމަ މެޑިކަލް ޑިރެކްޓަރެއް ހަމަޖައްސާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެވެ. އޭރު އެ މަގާމުގައި ހުންނެވީ ޑރ ވަހީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293