twitterviber whatsapp telegramfacebookyoutube instagram
10th April 2025

މަސްވެރި އޮޑިފަހަރު ބަނުމަށް ގެންނަ ތަކެތިން ޑިއުޓީ ކަނޑާލައި ލޯނު ފަސޭހައިން ލިބޭނެ ގޮތް ހަދައިދޭނަން: މުއިއްޒު

އަބްދުލް ވާހިދު ޙަސަން
Aug 18, 2023

މަސްވެރިންނަށް ފަސޭހަކަމާއެކު ބޭންކުން ލޯނު ހަމަޖެހޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށް ޕީޕީއެމް | ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފ. ނިލަންދޫގައި ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ބޭންކުތަކުން ލޯނު ހޯދުމަކީ ވަރަށް އުނދަގޫވެފައި އޮތް ކަމެއް ކަމަށާއި އެ ކަމުގެ ކަންބޮޑުވުން މަސްވެރިންގެ އެބައޮތްކަމަށެވެ.

ބޭންކުތަކުން މަސްވެރިންނަށް ލޯނު ނުލިބެނީ މުވައްޒަފެއްގެ ގޮތުގައި ބަލައިނުގަންނާތީކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ

ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާއެކު، މަސްވެރިންގެ ދަފްތަރެއް އެކުލަވައިލައި މުވައްޒަފުންގެ ގޮތުގައި އެ ދަފްތަރުގައި ތިބޭ މަސްވެރިން ބަލައިގަނެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

އޭގެ ސަބަބުން، މަސްވެރިންނަށް ފަސޭހަކަމާއެކު ބޭންކުން ލޯނު ލިބޭނެކަމަށް ވިދާޅުވި އެވެ. އަދި މީގެ އިތުރުން މަސްވެރި އޮޑިފަހަރު ބަނުމަށް މިހާރު ގެންނަ ތަކެތިން ޑިއުޓީ ނަގާކަން އޭނާ ވިދާޅުވި އެވެ. އަދި އެއީ ބޮޑު ދައްޗެއްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެތަކެތިން ޑިއުޓީ ކަނޑާލާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355