twitterviber whatsapp telegramfacebookyoutube instagram
28th June 2026

މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Aug 23, 2023
1

އުމުރުން 10 އަހަރު ނުވާ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް މޫނު ބުރުގާ އަޅައިގެން ތިބެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލު ބަދަލުކޮށްފިއެވެ.

މީގެ ކުރިން އިއުލާނުކުރި އުސޫލުގައިވާ ގޮތުން، ކިޔަވައިދޭ ވަގުތު ހުރިހާ މުދައްރިސުން ވެސް ތިބެންވާނީ ކާކުކަން އެނގޭ ގޮތަށެވެ. އެއާއެކު، މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭނެ ކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން މޫނު ނަގައިގެން ކިޔަވައިދޭން ޖެހޭނީ ހަމައެކަނި 10 އަހަރުން ދަށުގެ ދަރިވަނުންނަށް ކިޔަވައިދޭ ނަމައެވެ. ކިޔަވައިދިނުމުގެ މާހައުލަކީ މޫނު ހާމަކުރެވޭ ތަނެއް ނޫންނަމަ އެ މުދައްރިސުންނަށް ވެސް މޫނު އަޅައިގެން ކިޔަވައިދެވެއެވެ.

މީގެ އިތުރުން، މޫނު ބުރުގާ އަޅާ މުދައްރިސުން އަބަދު ވެސް ތިބެންވާނީ ސްޓާފް ކާޑު އަޅައިގެން ކަމަށް އެ އުސޫލުގައި ވެއެވެ.

ޓީޗަރުންނަށް ލައިސަންސު ނެގުން ލާޒިމްކޮށް، ނެރުނު ސުލޫކީ މިންގަނޑު ކުރިން އޮތް ގޮތަށް އޮތުމުން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެމައްސަލައިގައި ބައެއް މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355