twitterviber whatsapp telegramfacebookyoutube instagram
28th April 2024

މީޑިއާ މިނިވަންކުރަން ދައުލަތުން ފައިސާ ދޭން އެމްޑީޕީ މެނިފެސްޓޯގައި ހިމަނައިފި

ނަބީލާ އިސްމާޢީލް
Aug 23, 2023
1

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައައްތައެއްގެ ފައިސާ ދިނުމަށް އެމްޑީޕީން ވައުދުވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ބ ދަރަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތުގައި ވަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރާނެ ކަންތައްތަކެއް ހިމަނާފަ އެވެ. އެގޮތުން މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރެޖިސްޓްރޭޝަން މަރުހަލާގައި ހުރި މައްސަލަތައް ހައްލުކުރުމަށާއި މީޑިއާތަކާ ގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރަން ހުށަހަޅާފައިވެ އެވެ.

މީޑިއާތަކުގެ މާލީ އެގޮތުން ދައުލަތުގެ ބަޖެޓުން ކަނޑައަޅާ އިންސައްތައެއްގެ ފައިސާ އެލޮކޭޓް ކުރުމަށް ވަނީ ހިމަނާފައެވެ. އެއީ މާލީ ގޮތުން މީޑިއާތައް ވަކިވަކި ފަރާތްތަކަށް ބަރޯސާ ވެފައިވާ މިންވަރު ކުޑަކުރުމަށް ކުރަން ނިންމާފައިވާ ކަމެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

މީޑިއާތަކުން ފަތުރާ ހަބަރުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ސެލްފް ރިގިއުލޭޓަރީ ނިޒާމެއް ގާއިމް ކުރުމަށް ވެސް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

ދައުލަތުގެ ފަރާތުން ގެނެސްދޭ ހަބަރާއި މައުލޫމާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލްކޮށް ތައްޔާރުކުރެވޭ ކޮންޓެންޓްގެ ގޮތުގައި ހެދުމަށް ވެސް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އަދި ނޫސްވެރިކަމަށް އަލަށް ނިކުން ކުދިން ތަމްރީނުކޮށް، ކެރިއަރެއްގެ ގޮތުގައި މީޑިއާގައި މަސައްކަތްކުރުމަށް ބޭނުންވާ އެކި ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ހުށަހަޅާފައިވެ އެވެ.

ރާއްޖޭގެ ހުރިހާ މީޑިއާއެއް ކަހަލަ ގޮތަކަށް ހިންގަމުން އަންނަނީ ސްޕޮންސާއަށް ބަރޯސާވެގެންނެވެ. އެކަމުގެ ސަބަބުން ނޫސަތަކުން ސްޕޮންސަރުންގެ މަސްލަހަތު ހިމާޔަތް ކުރަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355