twitterviber whatsapp telegramfacebookyoutube instagram
7th October 2026

އެމްއެންޑީއެފްގެ ނޮދަން އޭރިއާ ހެޑްކުއާޓަރު ތިލަދުންމައްޗަށް ބަދަލުކުރާތީ އެކަން ފާހަގަކުރަން ސަރަހައްދުގެ ރަށްތަކުގައި ޕެރޭޑް ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
Aug 24, 2023

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނޮދަން އޭރިއާ ހެޑްކުއާޓަރު ހދ ހަނިމާދޫއަށް ބަދަލުކުރާތީ އެކަން ފާހަގަކުރުމުގެ ގޮތުން އެ ސަރަހައްދުގެ ރަށްތަކުގައި އެމްއެންޑީއެފްގެ މިލިޓަރީ ޕެރޭޑް ބާއްވަން ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފުން ނޮދަން އޭރިއާ ހެޑްކުއާޓަރު ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައި ވަނީ އުތުރުގެ ގިނަ ރަށްތަކާ މިހާރުގެ ހެޑްކުއާޓަރު ދުރުވުމުން ކަމަށެވެ. މިހާރު ނޮދަން އޭރިއާ ހެޑްކުއާޓަރު ހުންނަނީ ޅ. މާފިލާފުށީގަ އެވެ. އެރަށުގައި ނޮދަން އޭރިއާގެ ހެޑްކުއާޓަރު ގާއިމުކުރީ 2009 ވަނަ އަހަރު އެވެ.

ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއާޓަރު ބަދަލުކުރާ އެކަން ފާހަގަކުރުމުގެ ގޮތުން ސިފައިންގެ ހާއްސަ ޕެރޭޑެއް ތިލަދުންމަތީގެ ފަސް ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕެރޭޑް ބާއްވާ ރަށްތައް

  • ހަނިމާދޫ - 25 އޯގަސްޓް
  • ކުޅުދުއްފުށި - 26 އޯގަސްޓް
  • ދިއްދޫ - 27 އޯގަސްޓް
  • އިހަވަންދޫ - 28 އޯގަސްޓް
  • ނޮޅިވަރަންފަރު - 29 އޯގަސްޓް

މި ޕެރޭޑްތައް އޮންނާނީ ހަވީރު 16:30 ގަ އެވެ. އެމްއެންޑީއެފުން ބުނީ، ޕެރޭޑަށް ފަހު ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293