twitterviber whatsapp telegramfacebookyoutube instagram
9th May 2024

މޫސުން ގޯސްވެގެން، އުތުރަށް ވޯޓު ކަރުދާސްތައް އަދި ނުފޮނުވޭ: އީސީ

ނަބީލާ އިސްމާޢީލް
Aug 29, 2023

މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ ރަައްތަކަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާސް ފޮނުވުން ލަސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

‏އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް އިއްޔެ ވިދާޅުވީ، ފުލުހުންގެ އެހީތެރިކަމާއެކު، އީސީގެ މުވައްޒަފުން، ޑިސްޕެޗް މަސައްކަތްތައް ކުރިއަށްދާނީ އުތުރުގެ އަތޮޅުތަކަށް މިއަދު އަދި ދެކުނުގެ އަތޮޅުތަކަށް، މާދަމާ ކަމަށެވެ.

މިގޮތުން މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ހަވާލުކުރާނީ، ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާ އާ ކަމަށްވެސް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރުގެ ރައްތަކުގެ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ތަކެތި މޫސުން ގޯސްވުމުގެ ސަބަބުން ނުފޮނުވުނު ކަމަށެވެ. ފަތިހު އެތަކެތި ލޯންޗަކަށް އެރުވުމަށް ފަހު ވެސް އަނބުރާ އިލެކްޝަން ކޮމިޝަނަށް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިއްޔެ ވިދާޅުވިގޮތުގައި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާ އެ ތަކެތީގެ ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށް ދާނީ ސެޕްޓެންބަރު 06 ވާ ބުދަ ދުވަހުއެވެ.

"‏ވޯޓުލާ މަރުކަޒުތަކަށް ފޮނުވޭ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި، އިލެކްޝަންސް ކޮމިޝަނާ ދެމެދު ވަނީ ފަހުމުނާމާ އެއްގައި ސޮއިކޮށްފައި. އަދި އެކަން އެގޮތުގެމަތިން ކުރިޔަށް އެބަދޭ.". އޭނާ ވިދާޅުވިއެވެ.

އަދި ‏ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން އިލެކްޝަންސް އިން ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9 ގައި އޮންނަ އިރު، ވަނަ ބުރަކަށްދާ ނަމަ އެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355