twitterviber whatsapp telegramfacebookyoutube instagram
4th May 2024

އިންތިހާބުގެ ސައްހަކަން ގެއްލިދާނެ ކަމަކަށް ފުރުސަތެއް ނުދޭނަން: އީސީ

ނަބީލާ އިސްމާޢީލް
Sep 2, 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސިއްރުކަމާއި ސައްކަން ގެއްލިދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓުގެ ސިއްރުކަން ކަށަވަރުކޮށް އިންތިހާބުގެ ކަންކަން ފުރިހަމައަށް ކުރުމަށް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރުމަށް ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ހާއްސަގޮތެއްގައި ވޯޓުލާ މީހާ ވޯޓުލާ މަރުކަޒަށް އައުމަށްފަހު އޭނާގެ އަމިއްލަ އިހްތިޔާރުގައި ވޯޓު ކަރުސާ ހިފައިގެން ފާހަގަ ޖެހުމަށްފަހު ނިކުމުގެނެ ދިއުމާ ހަމައަށް އޭނާގެ މައްޗަށް އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ސިޔާސީ ގޮތުން ބައެއް ކަހަލަ ވާހަކަތައް އަޑުއިވުނު ނަމަވެސް ދިވެހި ރައްޔިތުންނަށް ކޮމިޝަންގެ ފަރާތުން ޔަގީންކަން އަރުވަނީ މި އިންތިހާބުގެ އެއްވެސް ހިސާބެއްގައި މަކަރެއް، ހަމަނުޖެހުމެއް ހެދުމުގެ އެއްވެސް ފުރުސަތެއް އަޅުގަނޑުމެން ނުދޭނެކަން،" އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން ދެން، އިލެކްޝަން ކޮމިޝަނުން އެއްވެސް ފަރާތަކާއި، އެއްވެސް ޕާޓީއަކާއި ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވިދާނެ، އިންތިހާބުގެ ސިއްރުކަން ގެއްލިދާނެ އެއްވެސް ކަމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން." ހަބީބް ވިދާޅުވިއެވެ.

އޭގެ އިތުރުން އީސީގެ ރައީސް ފުއާދް ތައުފީގް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލާ ކަރުދާސްކޮޅަކީ ކުޑަ ކަރުދާކޮޅެއްނޫން ކަމަށެވެ. އެއީ ފުދޭވަރަށް ބޮޑު ސައިޒެއްގައި އޮންނަ ކަރުދާކޮޅެއް ކަމަށެވެ. އެހެންވީމަ އެ ކަރުދާސްކޮޅު އެހާ ފަސޭހައި ޖީބަކަށް ވެސް ނުލެވޭނެ ކަމަށް ވިދާޅުވިއެވެ. ކަރުދާސްކޮޅު ދޫކުރުމަށް ފަހުގައި ގެނެސް ވަށްޓާލަންދެން ފެންނަން އޮންނާނެ ކަމަށާއި ހަމައެކަނި ގެއްލޭނީ ފާހަގަ ޖަހާ ވަގުތުގައި ކަމަށެވެ. އެހެންކަމުން ބޭރުން ކަރުދާސްކޮޅެއް ވައްދައިގެން ވޯޓުލުމަކީ ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355