twitterviber whatsapp telegramfacebookyoutube instagram
5th August 2026

ނެއްލައިދޫ ބަނދަރު ހުޅުވައިފި

ނަބީލާ އިސްމާޢީލް
Sep 4, 2023

ހދ ނެއްލައިދޫ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފި އެވެ.

މި ބަނދަރު ރާއީސް ހުޅުވައިދެއްވީ އަންނަ ރިޔާސީ އިންތިހާބަށް، މިހާރު ހދ އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުގައި މިއަދު ނެއްލައިދޫއަށް ވަޑައިގެންނެވެ.

ނެއްލައިދޫ ބަނދަރާއި ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ދަށުން، ބޮޑު ހިލަ ބޭނުންކޮށްގެން 164 މީޓަރުގެ ބޭރު ތޮށި ޖެހުމާއި، 224 މީޓަރުގެ އެއްގަމުން ތޮށި ލުމާއި، 125 މީޓަރ ގްރޯއިންސް ޖެހުމާއި އަދި ބަނދަރާ ގުޅޭ އިތުރު މަސައްކަތްތައް ކޮށްފައިވެއެވެ.

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 873 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި 1500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ތަރައްގީކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355