twitterviber whatsapp telegramfacebookyoutube instagram
2nd September 2025

ކުޅުދުއްފުށީން ރައީސަށް ހޫނު މަރުހަބާއެއް

ނަބީލާ އިސްމާޢީލް
Sep 4, 2023
2

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި ކުޅުދުއްފުއްޓަށް މިއަދު ހަވީރު ވަޑައިގަތުމާއެކު ގިނަ ރައްޔިތުންތަކެއް ނިކުމެ ހޫނު މަރުހަބާއެއް އެ މަނިކުފާނަށް ކިޔައިފިއެވެ.

ގާތްގަނޑަކަށް ގަޑިއިރެއް ހުރިހާ ރައްޔިތުންނާ ސަލާންކުރަން ހޭދަވިއިރު މިއީ މިހާތަނަށް އެންމެ ގިނަ ވަގުތު ނަގައި، އެންމެ ގިނަ ރައްޔިތުން ނިކުމެ ކީ މަރުހަބާއަށްވާނެއެވެ.

ސަފުގެ އެންމެ ކުރީގައި ޔާސިރު އާއި މޭޔަރު މުހައްމަދު އާތިފް ތިއްބެވިއިރު އެމަނިކުފާނު ވަނީ ސަޕޯޓަރުންނާއި ސަލާމް ކުރެއްވުމުގައި ގަޑިއެއްހާއިރު ހޭދަކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށިން ރައީސް ސޯލިހަށް 70 ޕަސެންޓު ވޯޓު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް މީގެކުރިން އެ ސިޓީގެ މޭޔަރު ވިދާޅުވެފައިވެ އެވެ.

ހަމައެއާއެކު މި ސިޓީގެ ކައުންސިލްގެ އިސްވެރިން ވަނީ ސަފުގެ އެންމެ ކުރީގައި ރައީސަށް މަރުހަބާ ދަންނަވައިފައެވެ.

ހދ އަތޮޅަށް ރައީީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ކުޅުދުއްފުއްޓަކީ މި ރިޔާސީ ކެމްޕޭނުގައި ރައީސް ވަޑައިގެންނެވި 148ވަނަ ރަށެވެ. ހދ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މި ސިޓީއަކީ އެ މަނިކުފާނު ވަޑައިގެންނެވި މި އަތޮޅުގެ އެންމެ ފަހު ރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355