މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވީހާ ވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އިލްތިމާސްކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދު ހެނދުނު 8:00ގައި ވޯޓްލާން ފެށުމާއިއެކު ވީހާވެސް އަވަހަކަށް
ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށެވެ.
ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން ފެށޭނީ، ހެނދުނު 8:00 ގައި.
— Ismail Habeeb (@IsmailHabeeb) September 9, 2023
ވޯޓުލުން ނިމޭނީ ހަވީރު 4:00 ގައި.
ހެނދުނު 7:30 ން ފެށިގެން،
ކިޔޫ ގައި މަޑުކުރެވޭނެ.
ވޯޓުލާން ފުރަތަމަ އަންނަ 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކަނޑާލުމަށްފަހު، 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެ.
ހަވީރު 4…
ވޯޓްލުން މިހާރު ކުރިއަށްދާއިރު ވޯޓްލުން ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިރު އެވެ. އަދި ވޯޓް ގުނަން ފަށަން ހަމަޖެހިފައިވަނީ ހަވީރު 4:30 ގަ އެވެ.
އީސީން ވަނީ އެއްވެސް ނުފޫޒަކަށް ބެލުމެއް ނެތި، އަމިއްލަ ވިސްނުމާ ފިކުރަށް ވޯޓުލުމަށް އިލްތިމާސް ކުރައްވާ ވޯޓުގެ ސިއްރުކަން އިލެކްޝަންސްއިން ކަށަވަރުކޮށްދޭނެ ކަމަބުނެފަ އެވެ.