twitterviber whatsapp telegramfacebookyoutube instagram
24th October 2026

މުއިއްޒުއަކީ ރަށްފުށަށް ޗޮއިސް އެއް ނޫން: ޔާސިރު

ނަބީލާ އިސްމާޢީލް
Sep 10, 2023
5

އިދިކޮޅު ޕީޕީއެމް/ޕީއެންސީއަކީ ރަށްފުށަށް ޗޮއިސް އެއް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޕީ ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހީންގެ ދިރިއުޅުން އުޖާލާކުރުވި އެމްޑީޕީއަށް ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބުނުވެ މިދިޔައީ ރައީސް ސޯލިހާއި ރައީސް ނަޝީދު މާބޮޑާށް ހިޔާލު ތަފާތުވުމުން ކަމަށެވެ.

"ދިވެހީންގެ ދިރިއުޅުން އުޖާލާކުރުވި އެމްޑީޕީއަށް ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބުނުވެ މިދިޔައީ ދެވެރީން މާބޮޑާށް ހިޔާލް ދެކަފިވުމުން, ދެންވެސް އެދެނީ ދެވެރީން އެކުގައި މަސައްކަތް ކޮށްދެއްވާ މިރާއްޖެ ސަލާމަތް ކޮށްދެއްވުން. ޕީޕީއެމް/ޕީއެންސީއަކީ ރަށްފުށަށް ޗޮއިސް އެއް ނޫން" ޔާސިރު ވިދާޅުވި އެވެ.

ޔާސިރު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީވަކިވެ ރައީސް ނަޝީދު އިސްވެހުންނަވައިގެން ދަ ޑިމޮކްރެޓިކްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހައްދަވައިގެން އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ ކެނޑިޑޭޓް ބަލިވެފައިވަނިކޮށް، އެމްޑީޕީގެ ކެނޑިޑޭޓް ދެވަނަ ބުރަކަށް ގޮސްފައިވާތީ ދެވަނަ ބުރުގައި އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293