twitterviber whatsapp telegramfacebookyoutube instagram
5th October 2026

މާދަމާ ވެސް ސަރުކާރު ބަންދު

ނަބީލާ އިސްމާޢީލް
Sep 10, 2023
1

ސެޕްޓެމްބަރު މަހުގެ 11 ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މާދަމާއަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ކުރަންޖެހުނު ހުރިހާ ކަމެއް އަދި ނުނިމޭތީ ކަމަށެވެ.

އެ ދުވަސް ބަންދުކޮށްދިނުމަށް އިލެކްޝަންސް އިން ވެސް އެދިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުތަކުގައި، ނަތީޖާ ފާޅުކުރުމާއި އެހެނިހެން ކަންކަން ނިމެންދެން ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން އެކަމުގެ ތެރޭގައި އުޅެން ޖެހޭތީ، ކޮންމެ އަހަރެއްގެ ވެސް އިންތިހާބު ބާއްވާ ދުވަހާ ޖެހިގެން އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަކީ އާންމުކޮށް ކުރާ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293