twitterviber whatsapp telegramfacebookyoutube instagram
21st August 2026

ދެ ވަނަ ބުރުގައި ކެންޑިޑޭޓުން ބޭނުން ކުރާނީ ކުރިން ބޭނުންކުރި ނަންބަރުތައް

ނަބީލާ އިސްމާޢީލް
Sep 11, 2023

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ބޭނުންކުރައްވާނީ ފުރަތަމަ ބުރުގައި ވެސް އެ ކެންޑޭޓުން ބޭނުން ކުރެއްވި ނަމްބަރުތައް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ "ރިޔާސީ އިންތިހާބު 2023" ގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރިން ވެސް ބޭނުން ކުރި ނަންބަރު ކަމަށެވެ.

އެހެން ކަމުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ ތިން ވަނަ ނަންބަރެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑޭޓް ނަންބަރަކީ ހަތަރު ވަނަ ނަންބަރެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ އެއްލައްކައަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355