twitterviber whatsapp telegramfacebookyoutube instagram
28th April 2024

މޮރިޝަސްއަށް ފޮނުވި ސިޓީގައި ކަނޑުން ބައެއް ދޫކޮށްލާ ވާހަކައެއް ނެތް!

ނަބީލާ އިސްމާޢީލް
Sep 12, 2023
1

ރާއްޖެއާއި މޮރިޝަޝްއާ ދެމެދު ހިޔާލު ތަފާތުވެފައި އޮތް ކަނޑުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާންމުވެއްޖެ އެވެ. އަދި އިދިކޮޅުން ކުރި ތުހުމަތުތަކަކީ ދޮގެއް ކަން ހާމަވެއްޖެއެވެ. މިސިޓީ ފޮނުވާއްފައިވަނީ 22 އޮގަސްޓް 2022 ގައެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެގެން އުޅޭ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށް ރައީސް އޮފީހުން ޔަގީންކޮށްދެ އެވެ. އަދި އެ ސިޓީ އާންމުވާން މެދުވެރިވި ގޮތް ބަލާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މޮރިޝަސަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ އާންމުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ނަތީޖާއަށްފަހު ސަރުކާރަށް ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކޮށް ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.

އާންމުވެގެން އުޅޭ ސިޓީގައިވާ ގޮތުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުތަކުން ގެންގުޅެފައިވާ ސްޓޭންޑް ބަދަލުނުކުރާނެ ކަމަށް ބުނެފައިވެ އެވެ.

މިސިޓީގައިވާ ގޮތުން ރާއްޖެއިން ވަނީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެގޮތަށް އެއްބަސްވަނީވެސް އޭރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދިޔަ ކަނޑުގެ މައްސަލައިގެ އިތުރުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައަށް އަސަރު ނުކުރާ ގޮތަށް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލި ކަމަށް ބުނާ މައްސަލަ ރާއްޖޭގެ ބާ ކައުންސިލުން ވެސް މީގެކުރިން ބަލާފައިވެ އެވެ. އެ މައްސަލަ ދިރާސާކުރުމަށްފަހު ބާ ކައުންސިލުން ވެސް ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ކަމަކަށް ސަރުކާރުން އެއްބަސްވެފައި ނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355