twitterviber whatsapp telegramfacebookyoutube instagram
21st August 2026

ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވާން މި މަހު 16 އަދި 17 ވަނަ ދުވަސް

ނަބީލާ އިސްމާޢީލް
Sep 12, 2023

މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ފަރާތްތަކަށް ރީ ރަޖިސްޓްރީވުމަށް ދޭނީ ދެ ދުވަހުގެ ކުރު މުއްދަތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީގެ ރައީސް ފުވާދު ތައުފީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ މީހުންނަށް ރީ ރަޖިސްޓްރޭޝަނަށް ދެ ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުގައި އެ ފުރުސަތު ދޭން ނިންމާފައިވަނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހު ކަމަށާއި އެކަމާމެދު ގޮތެއް ނިންމައި ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތައް ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮންނާނީ ފުރަތަމަ ބުރުގައި ވޯޓުލި ފޮށިތަކުގައެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އީސީން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355