twitterviber whatsapp telegramfacebookyoutube instagram
1st March 2026

އަދީބުގެ ފަރުވާގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި

Sep 20, 2023

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތު އަންނަ މަހާ ހަމައަށް އިތުރުކޮށްދީފި އެވެ.

ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރަން ކަރެކްޝަންސްއިން ހުއްދަ ދިނުމުން އޭނާ ފުރީ ޖުލައި 12، ވަނަ ދުވަހު އެވެ. އޭރު ދިން 10 ދުވަހުގެ މުއްދަތު އިތުރުކުރަން އަދީބު އެދުމުން އޮގަސްޓް މަހުގެ ނިޔަލަށް މީގެ ކުރިން މުއްދަތު އިތުރުކޮށްދީފައިވެ އެވެ. އަދި އެ މުއްދަތު ހަމަވުމުން އޭނާގެ އެދުމުގެ މަތިން ސެޕްޓެމްބަރު 15، އާ ހަމައަށް މުއްދަތު އިތުރުކޮށްދީފައިވެ އެވެ.

ބޭސް ފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ތިންވަނަ ފަހަރަށް އަދީބު ހުށަހެޅުމުން ކަރެކްޝަންސް އިން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފަ އެވެ.

އަދީބްގެ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ސިއްހީ ފަރުވާ ހޯއްދެވުމަށް އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355