twitterviber whatsapp telegramfacebookyoutube instagram
25th September 2026

މޫލީ އިން އައިފޯން 15ގެ ޕްރީއޯޑަރަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 25, 2023

އެޕަލް އިން ނެރެފަވާ އެންމެފަހުގެ އައިފޯން ލައިންއަޕް – އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އުރީދޫ މޯލްޑިވްސް އިން މޫލީ މެދުވެރިކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސްއަށް މިހާރު ޕްރީ އޯޑަރުކުރެވޭނެ ކަމަށެވެ. އަދި ޕްރީ އޯޑަރު ކުރާ ކަސްޓަމަރުންނަށް އަންނަ ހުކުރު ދުވަހު ފޯނު ހަވާލުކުރާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް އައިފޯން 15ގެ ސީރީޒްގެ ފޯނުތައް ވިއްކަމުން ދަނީ ހާއްސަ އަގުތަކެއްގައި ކަމަށެވެ. އަދި މޫލީ މެދުވެރިކޮށް އައިފޯނު ގަންނަ އުރީދޫ ނެޓްވޯކުގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް 100ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް އަކީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާއި ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭ ފޯނެކެވެ.

އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. މި މޮޑެލްތައް ފަރުމާކޮށްފައި ވަނީ ލުއި ޓައިޓޭނިއަމްއިންނެވެ.

މި ފޯނުތަކަކީ ބޮޑެތި އަޕްގްރޭޑްތަކާއި އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނޭ ފޯނުތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293