twitterviber whatsapp telegramfacebookyoutube instagram
17th May 2024

ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ އަދަދު ފުރަތަމަ ބުރަށްވުރެ ދެގުނަ އިތުރު

Sep 26, 2023

ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރާ އަޅާ ބަލާއިރު ދެވަނަ ބުރުގައި ރާއްޖޭން ބޭރަށް ވޯޓުލާން ރެޖިސްޓާވީ މީހުންގެ އަދަދު ގާތްގަނޑަކަށް ދެގުނައަށް އަރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި 6223 މީހަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ ފުރަތަމަ ބުރުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންނަށްވުރެ 2896 މީހުންގެ އިތުރުވުމެކެވެ.

ބޭރު ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ދެވަނަ ބުރަށް ވޯޓުލުމަށް މީހުން ރެޖިސްޓާ ވެފައިވަނީ މެލޭޝިއާގެ ކުއަލާލަންޕޫރުގައި ހުރި ތިން ފޮއްޓަށެވެ.

އެގޮތުން ތިން ފޮއްޓަށް މުޅި ޖުމްލަ 2،555 މީހުން ރެޖިސްޓާ ވެފައިވެއެވެ. އެއީ، މެލޭޝިއާގެ އެއް ނަންބަރު ވޯޓު ފޮށީގައި 915 މީހުން، ދެ ނަންބަރު ވޯޓު ފޮށީގައި 780 މީހުން އަދި ތިން ނަންބަރު ވޯޓު ފޮށީގައި 825 މީހުންނެވެ.

ދެވަނަ ބުރުގަިއ 442 މީހުންނާ އެކު، ޔުނައިޓެޑް އަރަބި އެމިރޭޓްސް ގައި 271 މީހުން އިތުރަށް ވަނީ ރެޖިސްޓާ ވެފައެވެ. އަދި، އިންޑިއާގެ ޓްރިވެންޑްރަމްގައި އެއްފޮއްޓާ އެކު 417 މީހުން ވޯޓުލާ ނިންމާލައިފައި ވާއިރު ދެވަނަ ބުރުގައި އިންޑިއާގެ ޓްރިވެންޑްރަމައަށް ދެ ފޮއްޓާއެކު މުޅި ޖުމްލަ 1.603 މީހުން ވޯޓުލާން ރެޖިސްޓާވެފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ސްރީލަންކާގެ ކޮލޮންބޯގައި ވެސް އިތުރަށް ވޯޓުލުމަށް 459 މީހުން ރެޖިސްޓާ ވެފައިވާއިރު، ލަންޑަނުގައި ބެހެއްޓޭ ފޮއްޓަށް ވެސް ވޯޓުލުމަށް 888 މީހުން ރެޖިސްޓާ ވެފައިވެއެވެ. ފުރަތަމަ ބުރުގައި މި ފޮއްޓަށް ވޯޓުލުމަށް ރެޖިސްޓާ ވެފައިވަނީ 465 މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282،395އަށް އަރާއިރު، އޭގެ ފަހުން 18 އަހަރު ފުރުނު 408 މީހުން އިތުރު ކުރުމުން މިހާރު އެ އަދަދު ވަނީ 282،803 އަށް އަރާފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި 56,909 މީހުން ވޯޓުލައިފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355