twitterviber whatsapp telegramfacebookyoutube instagram
21st May 2024

ކުޅުދުއްފުށީގައި ނަރުދަމާއަށް ނަގަމުންދިޔަ ފިކްސްޑް ޗާޖް ކަނޑާލައިފި

މިއީ ހަމައެކަނި ކުޅުދުއްފުށީގައި ނަގަމުންދިޔަ ފީ އެއް. މިމަހު އަންނަ ބިލުތަކުން އެ ފީ ވަނީ ކަނޑާލާފަ.

އަބްދުލް ވާހިދު ޙަސަން
Sep 26, 2023
5

ކުޅުދުއްފުށީގައި ނަރުދަމާގެ ހިދުމަތުން ކޮންމެ މަހަކު އެމްޑަބުލިއުއެސްސީ ނަގަމުންދިޔަ ފިކްސްޑް ޗާޖް ކަނޑާލަން ނިންމާ އެކަން ސިޓީ ކައުންސިލަށް އަންގައިފި އެވެ.

30 ރުފިޔާގެ މި ފީ އަކީ ހަމައެކަނި ކުޅުދުއްފުށީގައި ނަގަމުންދާ ފީ އެކެވެ. ކުޅުދުއްފުށީގައި ނަރުދަމާގެ ހިދުމަތް 2011 ވަނަ އަހަރު ފެށިއިރު ގޭބިސީތަކުން ނަރުދަމާއަށް ނަގަމުންދިޔައީ 100 ރުފިޔާގެ ފިކްސްޑް ޗާޖެކެވެ. އެހެންނަމަވެސް 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުން ފެށިގެން އޭރު ސަރުކާރުން އެ ފީ 30 ރުފިޔާއަށް ކުޑަކުރި އެވެ.

ސެޕްޓެމްބަރުމަހުން ފެށިގެން ނަރުދަމާއަށް ނަގަމުންދާ 30 ރުފިޔާގެ ފީ ކަނޑާލަން ނިންމާފައިވާކަން އެމްޑަބުލިއުއެސްސީންވެސް ކޭއޯއަށް ވަނީ މައުލޫމާތުދީފަ އެވެ.

އެމްޑަބުލިއުއެސްސީ ބުނެފައިވަނީ، ނަރުދަމާއަށް މަހު ފީގެ ގޮތުގައި ނަގަމުންދިޔަ ފީ ދިރާސާކޮށް މާލޭ ސަރަހައްދެކޭ އެއްފަދައިން މަހު ފީ އިން 30 ރުފިޔާ ޑޮމެސްޓިކް ކެޓަގަރީގެ ކަސްޓަމަރުންގެ އަތުން ނެގުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން އަންނަ ސެޕްޓެމްބަރުމަހުން ފެށިގެން ތަންފީޒުކުރުމަށް އެ ކުންފުނީގެ ބޯޑުން ހުއްދަ ދީފައިވާ ކަމަށެވެ.

މިއީ ހަމައެކަނި ކުޅުދުއްފުށީގައި ނަގަމުން އަންނަ ފީ އަކަށްވާތީ، މިކަންވެފައި އޮންނަނީ ކުޅުދުއްފުށީގެ ރައްޔިތުންގެ ކަންބޮޑުވުމަށެވެ. އަދި ކައުންސިލްތަކުގެ އެކި ދައުރުގައި މިމައްސަލަ ސަރުކާރާ ހަމައަށް އޮތީ ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355