twitterviber whatsapp telegramfacebookyoutube instagram
14th April 2026

ފުވައްމުލަކު ނަރުދަމާގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

މުޙައްމަދު އަހުމަދު
Jul 18, 2021

ނައިބު ރައީސް ފައިސަލް ނަސީމް އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަސައްކަތް ބައްލަވާލައިފި އެވެ.

މި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކޮށް ދެބޭފުޅުން ވެސް ވަނީ ހިތްވަރު ދެއްވައިފަ އެވެ. ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމު ސަލާމަތްކުރުމަށް ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.

މި ޕުރޮޖެކްޓްގައި އާ ވެކިއުމް ވާލްވްސް އާއި ވެކިއުމް ސީވާސް އަދި މުޅިން އާ މޮނިޓަރިންގް ސިސްޓަމް އެއް ތައާރަފް ކުރެވިގެންދާނެ އެވެ. މި ޕުރޮޖެކްޓަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓަކީ 43 މިލިއަން ރުފިޔާ އެވެ.

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ވަނީ ފުވައްމުލަކު ކައުންސިލާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާ ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355