twitterviber whatsapp telegramfacebookyoutube instagram
7th May 2024

އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް އަބްދުއްރަހީމް

ނަބީލާ އިސްމާޢީލް
Oct 3, 2023

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލާ އިންތިގާލީ ކޮމެޓީއަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުالله ހަމަޖައްސައިފިއެވެ.

އިދިކޮޅު ޕީޕީއެމް އިން ބުނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބީ ރައީސް އެކުލަވާލެއްވި އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް އަބްދުއްރަހީމް ހަމަޖައްސަވައި ގާނޫނުގައިވާ ގޮތުގެ މަތިން އެކަން ސިވިލް ސާވިސް ކޮމިޝަނަށް އަންގަވާފައިވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތުން އެކުލަވާލި އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރު އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ. އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާގުޅޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ވަނީ ދީފަ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް 54 ޕަސެންޓް ވޯޓު ލިބިލެއްވިއިރު ރައީސް ޞާލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355