twitterviber whatsapp telegramfacebookyoutube instagram
8th May 2024

ރައީސް ނަޝީދާއި މުއިއްޒު ބައްދަލުކުރައްވައިފި

ނަބީލާ އިސްމާޢީލް
Oct 3, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން މިއަދު ހެނދުނު 11:00 އިރު ކުރިއަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގައެވެ.

މިބައްދަލުވުމުގައި އިންތިހާބީ ނައިބް ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ މުއިއްޒުގެ ވެރިކަމުގައި ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެެވެ.

އެގޮތުން މުއިއްޒުގެ އިންތިހާބީ ވައުދުތައް ފުއްދުމަށްޓަކައި މަޖިލީހުގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާކަމަށް މުއިއްޒު ވަނީ ރައީސް ނަޝީދަށް ދަންނަވާފައެވެ.

މިބައްދަލުވުމަށްފަހު މުއިއްޒު ވަނީ މަޖިލީހުގެ އިދާރާއަށް ޒިޔާރަތް ކުރައްވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. ވެރިކަން ކުރުމުގައި މަޖިލީހުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި އެކަން ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފޮތުގައި ލިޔުއްވި އެވެ.

މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ވެސް ބައްދަލުކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު މުއިއްޒު ހުވާކުރެއްވުމުގެ އިންތިޒާމު ހަމަަޖައްސަމުންދާ ކަމަށް ބުނެފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355