twitterviber whatsapp telegramfacebookyoutube instagram
19th May 2024

ދިރާގުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ އޮފާތަކެއް

Oct 3, 2023
1

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ހާއްސަ އޮފާތަކަކާއެކު އެކުންފުނިން ފާހަގަކޮށްފިއެވެ. މި އޮފާތައް އިއުލާންކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި އެކުންފުނިން ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ކަސްޓަމަރުން ދިރާގަށް ކުރަމުން އަންނަ އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ.

"ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ޙިއްޞާދާރުން އަޅުގަނޑުމެންނާ އެއްކޮށް ތިއްބަވާ އެބޭފުޅުންގެ ޑިޖިޓަލް ދަތުރުގައި އަޅުގަނޑުމެން ޚިޔާރުކުރެއްވިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ޤައުމު ކުރިއެރުވުމުގައި އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތަކީ އެބޭފުޅުންގެ އެއްބާރުލުމާނުލާ ހާސިލް ނުކުރެވޭނެ ކަމެއްކަން ޔަޤީން،" އަލީ ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑިޖިޓަލް މުސްތަގްބަލުގައި ކަސްޓަމަރުން ކުރި އެރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދޭނެކަމަށާއި ކަސްޓަމަރުންނަށް މެދުނުކެނޑި، ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށްވެސް އަލީ ވަނީ ވިދާޅުވެފައެވެ.

ޑިޖިޓަލް މުޖުތަމައެއް ބާރުވެރިކުރުވުމުގައި ދިރާގުން ކުރަމުން އަންނަ މަސައްކަތައް އަލިއަޅުއްވާލަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، "ދިރާގަކީ ޒިންމާދާރު ކޯޕަރޭޓް ގަވަނަންސްގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެއް. އެގޮތުން އަޅުގަނޑުމެންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމުގެ ދަށުން އަޅުގަނޑުމެން މިދަނީ ރާއްޖޭގެ ތިމާވެއްޓަށް އަޅާލުމާއި ކުންފުނީގެ މުވައްޒަފުން ބިނާކުރުމާއި ދިވެހި ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި ރާއްޖޭގައި އެންމެ ފުރަތަމަ ސަސްޓެއިނަބިލިޓީ ފަންކްޝަނެއް ގާއިމުކުރި އެއް ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ޚިދުމަތް ދޭ ކުންފުންޏެއްގެ އިތުރުން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައިވެސް ކުރިއެރުން."

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި މުޅިން އައު ތިން އޮފާއެއް ލޯންޗުކޮށްފައެވެ.

އެ އޮފާތަކަކީ:

  • ރީލޯޑް ބޮނަންޒާ: ދިރާގު އެޕް މެދުވެރިކޮށް 50 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގެ ރީލޯޑް ކުރާ ކަސްޓަމަރުންނަށް 35 ޖީބީއާ ހަމައަށް ހިލޭ މޯބައިލް ޑޭޓާ ލިބޭނެއެވެ. 24 ގަޑިއިރަށް ލިބޭ މި ހިލޭ ޑޭޓާ ކަސްޓަމަރުންނަށް ދިރާގު އެޕް (https://bit.ly/Dhiraagu-App) މެދުވެރިކޮށް ހޯދޭނެއެވެ.
  • ހިލޭ ރައުޓަރ އަޕްގްރޭޑް: ހުރިހާ ކަސްޓަމަރުންނަށްވެސް ރަނގަޅު ހޯމް އިންޓަނެޓް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ރައުޓަރތައް ހިލޭ އަޕްގްރޭޑް ކުރެވޭނެއެވެ. އަދި ދިރާގު އެޕް (https://bit.ly/Dhiraagu-App) މެދުވެރިކޮށް ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ނޫންތޯ ބަލާލެވޭނެއެވެ.
  • ދިރާގު އީ-ޒޯން: މުޅިން އަލަށް ތައާރަފްކުރާ ދިރާގު އީ-ޒޯން ޕްލެޓްފޯމާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ތަފާތު ކޮންޓެންޓް ސަބްސްކްރައިބްކޮށް، ގޭމިންގ އަދި މުނިފޫހިފިލުވުމާ ގުޅުންހުރި އިތުރު ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭނެއެވެ. އަދި މި ޕްލެޓްފޯމް އަލަށް ލޯންޗުކުރުމުގެ އޮފަރއެއްގެ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ މިނީ ގޭމް ސަބްސްކްރިޕްޝަންތަކެއް ލިބޭނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްލެޓްފޯމަށް އައު ކޮންޓެންޓާއި ފީޗާރތައް އިތުރުވަމުންދާނެއެވެ. ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު އީ-ޒޯންއަށް އެކްސެސްވެވޭނެއެވެ.

މީގެ އިތުރުން ދިރާގުން ވަނީ މުޅި އޮކްޓޫބަރު މަހަށް ބަހާލައިގެން ސިލްސިލާ ޕްރޮމޯޝަންތަކެއް ލޯންޗުކުރާނެކަމަށް އިއުލާންކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355