twitterviber whatsapp telegramfacebookyoutube instagram
22nd April 2025

އިންތިގާލީ ކޮމިޓީގެ ވެރިއަކަށް އަބްދުއްރަހީމް ރަސްމީކޮށް އައްޔަންކޮށްފި

Oct 5, 2023

ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީކޮށް ހަމަޖައްސައިފި އެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލާފައިވާ އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް އަބްދުއްރަހީމް ހަމަޖައްސާފައިވަނީ ސިވިލް ސާވިސް ކޮމިޝަންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް އާއި ކޮމިޝަންގެ ބައެއް މެންބަރުންގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ބައިވެރިވި އެވެ.

އެ ކޮމެޓީގެ ތަރުޖަމާނު ކަމަށް، މުއިއްޒުގެ ކެމްޕެއިންގައި އުޅުއްވި މުހައްމަދު ޝަހީމް އަލީ ސައީދުގެ އަރިސް ބޭފުޅެއް ކަމަށްވާ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވަނީ އިއްޔެ އައްޔަންކޮށްފައެވެ.

ޕީއެންސީން ރޭ ބޭއްވި މަޖިލިސް ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ކަމަށް މުއިއްޒު އަދި ނައިބު ރައީސް ކަމަށް ހުސައިން މުހައްމަދު ލަތީފް ވަނީ އިންތިހާބު ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355