twitterviber whatsapp telegramfacebookyoutube instagram
2nd May 2024

"ވަން ގަވް" މެދުވެރިކޮށް ޓީޗިން ލައިސަންސަށް ހުށަހެޅޭ ގޮތް ހަދައިފި

Oct 9, 2023
1

މުދައްރިސުން ރަޖިސްޓްރީކުރުމާއި ލައިސެންސް ދިނުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އިފުތިތާހުކޮށްދެއްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ޓީޗިން ލައިސަންސް’އަށް "ވަން ގަވް" މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭ އިންތިޒާމް މިއަދު ހަމަޖައްސައިފި އެވެ.

މި ލައިސަންސަކީ ސްކޫލުތަކާއި ކިޔަވައިދޭ ތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންނާއި ޓިއުޓަރުންނާއި ލީޑިން ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމަންޓްތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގެ ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސެކެވެ.

ފަސް ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްތަކާއި ޓިއުޝަން ކުލާސްތަކުގެ ޓީޗަރުން ވެސް މި ލައިސަންސް ނަގަން ޖެހެ އެވެ.

ޓީޗިން ލައިސަންސްގެ އިތުރުން ވަން ގަވްއިން ސްކޫލް ލީޑާޝިޕް ލައިސަންސް އާއި ސްކޫލް ޕްރޮފެޝަނަލް ލައިސަންސް އަށް ވެސް މި ޕޯޓަލްއިން ހުށަހެޅޭނެ އެވެ.

ސްކޫލް ލީޑާޝިޕް ލައިސަންސް އަކީ ސްކޫލްތަކާއި ޕްރީސްކުލޫތަކުގެ ލީޑާޝިޕްގައި މަސައްކަތްކުރާ ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިން ޕްރިންސިޕަލުންނާއި ޕްރިންސިޕަލުންނާއި އެފެންވަރުގެ ފަރާތްތަކަށް ދޫކުރާ ލައިސަންސް އެކެވެ.

ސްކޫލް ޕްރޮފެޝަނަލް ލައިސަންސް އަކީ ޓީޗިން ލައިސެންސެއް ނުވަތަ ސްކޫލް ލީޑާޝިޕް ލައިސެންސެއް ލިބިފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގައި ދަރިވަރުންނާ އެކު މަސައްކަތްކުރާ ޕްރޮފެޝަނަލް ފަރާތްތަކަށް ދޫކުރާ ލައިސަންސެކެވެ.

އޭގެ ތެރޭގައި ތެރަޕިސްޓުންނާއި ކައުންސިލަރުންނާއި ސްކޫލް ހެލްތް އޮފިސަރުންނާއި ސްޕޯޓްސް ސްޕަވައިޒަރުންނާއި ވޮކޭޝަން އިންސްޓްރަކްޓަރުންނާއި ލައިބްރޭރިއަނުން ފަދަ މުވައްޒަފުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355