twitterviber whatsapp telegramfacebookyoutube instagram
9th May 2024

ސަރުކާރުގެ އެއްވެސް މަޝްރޫއެއް ހުއްޓާލަން ނާންގަން: މުއިއްޒު

Oct 12, 2023

އެއްވެސް ރަށެއްގައި ހިންގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގަވާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ބައެއް ރަށުރަށުގައި މި ސަރުކާރުން ހިންގަމުން ދާ ބައެއް މަޝްރޫއުތައް ހުއްޓާލައިފައި ވަނީ މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށް ބުނެ އަޑުފެތުރެމުން ދިއުމާ ގުޅިގެންނެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން ނުދަންނަވާ" ކަމަށެވެ. އަދި މުއިއްޒުގެ ފަރާތުން އެއްވެސް ބޭފުޅަކު ވެސް އެކަހަލަ އެންގުމެއް އަންގަވައިގފައެއް ނުވާނެ އެވެ.

މުއިއްޒު ވިދާޅުވީ ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުންދާ ކަމާއި، އެކަން ކުރަނީ މުއިއްޒުގެ އެންގެވުމަށް ކަމަށް ބުނެ ހަގީގަތާތެއް ނެތް ވާހަކަތަކެއް ވެސް ދައްކަމުންދާ ކަމަށެވެ.

މުއިއްޒު ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ބައެއް ކަންކަން ނުކުރުމަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވައިފަ އެވެ.

ކުރިއަށް ނުގެންދަން އަންގަވާފައިވަނީ އާ އިންވެސްޓްމެންޓެއް ނުކުރުމާއި ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ނުދިނުމާއި ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުމާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމާއި ދައުލަތުގެ އެއްވެސް ވަޒީފާ އަކަށް އަލަށް މީހުން ނުނެގުމާއި ދައުލަތުގެ ވަޒީފާގައި ތިއްބެވި މީހުންނަށް ވަޒީފާގެ ކުރިއެރުން ދިނުން ފަދަ ކަންކަމެވެ.

މީގެ އިތުރުން އެ ސިޓީގައި މުއިއްޒު ވަނީ ޕީއެސްއައިޕީ އާއި އެހެނިހެން ޕްރޮގްރާމްތަކުގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ވެސް އެދިވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355