twitterviber whatsapp telegramfacebookyoutube instagram
7th October 2026

ފަލަސްތީނަށް އެހީވާން ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގަނީ

އަބްދުލް ވާހިދު ޙަސަން
Oct 17, 2023
2

ފަލަސްތީނަށް އެހީވާން ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިއްޖެ އެވެ.

މިކަމުގައި އިސްކޮށް އުޅޭ ހުސެއިން އަލީ (ކޭޑީ) ބުނީ، ފަލަސްތީނަށް އެހީވުމަށް ކުޅުދުއްފުށީގައި ފަންޑްރައިޒް ކުރުމުގެ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިފަދަ ހަރަކާތެއް 2021 ވަނަ އަހަރުވެސް މި ފަރާތުން ހިންގި އެވެ.

މި ހަރަކާތުގައި ކުޅުދުއްފުށީގެ ހުރިހާ ފަރާތްތަކާއި މުވައްސަސާތައް އަދި ރަށުގެ އުޅޭ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ފަންޑްރައިޒް ހަރަކާތް އަދި ހިންގުމަށް ހަމަޖެހިފައިވަނީ ފަންޑްފޮށިތައް ބަހައްޓައިގެންނާއި ކާބޯތަކެތި ވިއްކައިގެން ކަމަށެވެ.

މިކަމުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި މިހަރަކާތުން ލިބޭ ފައިސާ ކުޅުދުއްފުށީގެ ރައްޔިތުންގެ ނަމުގައި ފަލަސްތީނަށް ފޮނުވާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށެވެ.

2021 ވަނަ އަހަރުވެސް ފަލަސްތީނަށް އެހީވުމަށް ކުޅުދުއްފުށީގައި ހިންގި ފަންޑްރައިޒް ހަރަކާތުން ލައްކައަކަށްވުރެ ގިނަ ފައިސާ އެއްކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުކޮށް ފަލަސްތީނަށް ފޮނުވި އެވެ.

މިހަރަކާތުގައި ވޮލަންޓިއަރުކޮށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން 7947585 ގުޅުއްވުމަށް އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293