twitterviber whatsapp telegramfacebookyoutube instagram
12th May 2026

ކުޅުދުއްފުށީ އެއާޕޯޓްގައި އެއްޗެއް ގޮވައި ހަތަރު މީހަކު ޒަހަމްވެއްޖެ. އެކަކު ހާލު ސީރިއަސް.

އަބްދުލް ވާހިދު ޙަސަން
Oct 19, 2023

ކުޅުދުއްފުށީ އެއާޕޯޓްގައި އެއްޗެއް ގޮވައި ހަތަރު މީހަކު ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ، ގޮވާފާއިވަނީ ކުޅުދުއްފުށީ އެއާޕޯޓް ފަޔަރުންގެ ޓްރެއިނިންގ ގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލްކުރުމުގެ ތެރޭގައި ކަމަށެވެ.

މިއަދު 11:00 ހާއިރު ހިންގި ހާދިސާގައި ހަތަރު ފަޔަރމަނުން ޒަހަމްވި އެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު ފިރިހެނަކާއި އަންހެނެކެވެ. މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް ވިދާޅުވީ، ގޮވި ވަގުތު ބާރު އަޑަފަތްގަނޑު އިވުނު ކަމަށާއި އެކަމަކު ހުޅު ނުހިފާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ހަތަރު މީހުން ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެކަކުގެ ހާލު ސީރިއަސް ކަމަށެވެ.

ކޭއާރުއެޗުން ބުނީ، ހާލު ސީރިއަސް މީހާގެ ކަނާއަތް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން މި މައްސަލަ އަންނަނީ ފުލުހުން ތަހުގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355