twitterviber whatsapp telegramfacebookyoutube instagram
8th May 2024

ސިލިންޑަރު ގޮވި ހާދިސާގައި ހާލު ސީރިއަސްވި މީހާ ފަރުވާއަށް އިންޑިޔާއަށް ގެންދަނީ

އަބްދުލް ވާހިދު ޙަސަން
Oct 22, 2023
1

ކުޅުދުއްފުށީ އެއާޕޯޓްގައި ބޭނުންކުރާ "ޕްރެޝާ ފެޑް" ސިސްޓަމް ގޮވި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި މީހާ އިތުރު ފަރުވާއަށް ރާއްޖޭ އިން ބޭރަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަހުގެ 19 ވަނަ ދުވަހު ހިނގި ހިތާމަވެރި މިހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ އެ އެއާޕޯޓްގެ ފަޔަރ ފައިޓަރުންގެ ވެރިއެއްގެ ގޮތުގައި ހުންނެވި މުހައްމަދު އަހުމަދު (37އ) އެވެ.

އޭނާގެ ކަނާއަތުގެ އުޅަނބޮށިން ފެށިގެން ތިރި ވަރަށް ބޮޑަށް ޒަހަމުވެފައިވާއިރު އެކި ވަރުގެ އަނިޔާތައްވި އެވެ. އަދި ކޭއާރުއެޗުގައި ފަރުވާދިނުމަށްފަހު ހަމަ އެދުވަހު ޑޯނިއާ މަތިންދާބޯޓްގައި އޭނާ މާލެ ފޮނުވާލި އެވެ.

އާއިލާގެ މެމްބަރަކު މިއަދު ކޭއޯއަށް މައުލޫމާތުދެމުން ބުނީ، އޭޑީކޭގައި ސާޖަރީއެއް ހަދައި އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށެވެ. އެކަމަކު އިތުރު ފަރުވާއަށް ރާއްޖޭއިން ބޭރަށް ގެންދިޔުމުގެ މަސައްކަތްކުރަމުން އަންނައިރު މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ބޭރަށް ގެންދެވޭނެ ކަމަށެވެ.

އިތުރު ފަރުވާއަށް އިންޑިޔާގެ، ކޮއިންބަތޫރަށް ގެންދިޔުމަށް އެއާ އެންބިއުލާސްއެއް ނުވަތަ ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި މިކަމުގައި ހުރިހާ ހަރަދެއް ކުރަނީ އޭނާ މަސައްކަތްކުރަމުންދާ ކުންފުނިންނެވެ.

އޭނާގެ ހާލު ބަލާލުމަށް ނައިބު ރައީސް ފައިސަލް ނަސީމްވެސް ހޮސްޕިޓަލަށް ވަޑައިގަތެވެ.

މި ހާދިސާގައި އަނިޔާވި އަނެއް ތިން ފަޔަރ ފައިޓަރުން ކޭއާރުއެޗުގައި ފަރުވާދިނުމަށްފަހު އެދުވަހު ވަނީ ގެއަށް ފޮނުވާލާފަ އެވެ. އެއީ 29 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި އަދި 25 އަހަރުގެ އަންހެނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355