twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިރާގު ރޯޑް ރޭހުގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ފަށައިފި

Oct 25, 2023

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފިއެވެ.

މި ރޯޑް ރޭހުގެ ބިބް އެކްސްޕޯ މިދިޔަ ހޯމަ ދުވަހު ފަށައިފާ ވާއިރު، ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެ ފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ހަވާލުކުރާނެކަމަށް ދިރާގުން ބުނެއެވެ.

ބިބް އަދި ރޭސް ކިޓް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ، އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގަ އެއް ވަނަ ފަންގިފިލާއިން މިއަދުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުންޏެވެ. ޑީއެމްއާރްއާރްގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ހަމަޖެހިފައިވާ ވަގުތުތަކަކީ، މެެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށާއި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބ،ް ރޭސް ޓީޝާޓ،ު ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. މީގެއިތުރުން، ރޭސް ކިޓް ބަލައިދާއިރު ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެއެވެ.

މި ރޯޑްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެެވެ. ހަތަރުހާހަށް ވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ. އަދި، އެހެން އަހަރުތަކެކޭ އެއްފަދައިން 5ކޭ އަދި 10ކޭ ދުވުންވެސް އޮންނާނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތްލެޓިކް ސާޓިފައިޑް ރޭސްރޫޓަކާއެކު، އެއިމްސް ކަލަންޑަރުގައި ލިސްޓް ކޮށްފައިވާ ދުވުމެއް ކަމަށް ވެސް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355