twitterviber whatsapp telegramfacebookyoutube instagram
27th September 2026

މަކުނުދޫގައި މަރުވި މީހުންގެ ހަށިތައް އާއިލާއާ ހަވާލުކުރަން އިންޑިއާއަށް ފޮނުވައިފި

އަބްދުލް ވާހިދު ޙަސަން
Oct 25, 2023

ހދ މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް މިހާރު އާއިލާއާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އަދި މިހާރު ހަށިގަނޑުތައް އާއިލާއާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

މަކުނުދޫގައި އާގަން ގޭސް އަޅާފައި ހުރި ސިލިންޑަރެއް ގޮވިލެއް ބާރުކަމުން، އެ ދެމީހުންގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިވެފައެވެ. އަދި އެދެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލިއިރު މި ހާދިސާގައި ލިބިފައިވާ އަނިޔާގެ ސަބަބުން އެ ދެ މީހުންގެ ސިފަވެސް ވަނީ ވަކި ނުވާވަރުވެފައެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހާދިސާގައި ނިޔާވި ދެމީހުންނަކީ، އެރަށު ބިންހިއްކުމުގެ އަމަލީ މަސައްކަތުގައި އުޅުނު ދެ މީހުންނެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން އަދިވެސް އެސަރަހައްދު ބަންދުކޮށްގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ތަހުގީގުކުރަމުން ދާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293