twitterviber whatsapp telegramfacebookyoutube instagram
29th August 2026

އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެ

ނަބީލާ އިސްމާޢީލް
Oct 28, 2023

ހއ އިހަވަންދޫ ކައިރީ ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވީ އިހަވަންދޫ ނަޔާޑޭޒީގޭ، އަބްދުއްރަޝީދު މުހައްމަދެވެ. އުމުރުން 68 އަހަރުގެ މީހާ ނިޔާވީ އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއަދު އިރުއޮއްސުނު ފަހުން ހިނގި މިހާދިސާގައި އިހަވަންދޫ ކައިރި ކަނޑު އޮޅި ސަރަހައްދުގައި އެކްސިޑެންޓްވީ އިހަވަންދޫ ދޯންޏަކާއި ނެއްލައިދޫގެ ޑިންގީއެއް ޖެހިގެންނެވެ.

މި ހާދިސާގައި މަރުވި މީހާއަކީ ދޯނީގައި އުޅުނު މީހެކެވެ. ލޯންޗުގައި ތިބި ދެ މީހަކަށް ވެސް އަނިޔާ ލިބިގެން އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އެބަދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355