twitterviber whatsapp telegramfacebookyoutube instagram
6th May 2024

ފްލެޓުގެ ތަހުގީގަށް އޭސީސީން ހައުސިން މިނިސްޓްރީއަށް

Nov 6, 2023

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ވަދެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އޭސީސީން ދަނީ ހައުސިން މިނިސްޓްރީއަށް ވަދެ, އެ މައްސަލައިގެ ތަހުގީގު ހިންގަމުންނެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ހިންގާ ތަހުގީގަށް އޭސީސީ އިން ހައުސިން މިނިސްޓްރީއަށް ވަދެފައިވާއިރު މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓް ހަވާލުކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން އޭސީސީން ވަނީ އެ މިނިސްޓްރީއަށް އިއްޔެ އަންގާފަ އެވެ.

"އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މިއަދު ވަނީ އަންގާފަ" އޭސީސީން ނޫސްތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

އޭސީސީން އިއްޔެ ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ ލިސްޓު އާންމު ކުރުމާއެކު, ބަޔަކު ވަނީ ހައުސިން މިނިސްޓްރީއަށް އެއްވެ, އެތަނުގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ. މިހާރު އޭސީސީން ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުން މަޑުޖައްސާލަން އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355