ރާއްޖޭގައި ހިމާޔަށް ކޮށްފައިވާ ވެލަަޔާއި މަޑި ހިމެނޭ ގޮތަށް ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ހަދައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ދައުލަތުގެ ގެޒެޓުގައި އާންމުކޮށްފި އެވެ.
މި އުސޫލުގައި ވަނީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދަށް އިއްޔެ ގެނައި އިސްލާހެއްގަ އެވެ. އެ ގަވާއިދަށް އިތުރު ކުރި ޖަދުވަލު 6 ގައި މި އުސޫލު ވަނީ ހިމަނައިފަ އެވެ.
ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެތީގެ ބައެއް ބާވަތްތަކާ މެދުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް މީގެ ކުރިން ވެސް ހަދާފައިވެ އެވެ. މީގެ ކުރިން ހެދި މި ކަހަލަ ބައެއް އުސޫލުތަކުގެ ތެރޭގައި ފެހުރިހީގެ މާހައުލުތަކުގައި އުޅޭއިރު، އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުސޫލު ހިމެނެ އެވެ.
"ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާ ބެހޭ ގަވައިދަ"ށް ޖަދުވަލެއް އިތުރުކޮށް އެންވަޔަރްމެންޓް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި އިސްލާހު ގައިވާ ގޮތުން ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރ،ު އަބަދުވެސް އެ އެއްޗެއްސާ ހަ ފޫޓުގެ ދުރުމިން ބަހައްޓަން ޖެހެ އެވެ. ފަތާމީހާގެ ނުވަތަ ފީނާމީހާގެ ގާތަށް އެސޮރުމެން އަތުވެއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތް ވެސް އެ އިސްލާހުގައި ތަފްސީލުކޮށްދީފައި ވެ އެވެ.
"ވެލާ ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރ،ު އަބަދުވެސް އެ އެއްޗެއްސާ ހަ ފޫޓުގެ ދުރުމިން ބަހައްޓަންވާނެ އެެވެ. އަދި ފަތާމީހާގެ ނުވަތަ ފީނާމީހާގެ ގާތަށް އެސޮރުމެން އަތުވެއްޖެނަމަ، މަޑުމަޑުން ހަމަޖެހިލައިގެން އޮވެ، ވެލާ ނުވަތަ ކަހަނބު ބޭނުން ދިމާއަކަށް ދަންދެން މަޑުކުރަންވާނެއެވެ،" ގަވައިދަށް ގެނައި ބަދުގައި ވެ އެވެ.
އަލަށް އެކުލަވާލި އުސޫލުގައި ވަނީ ހިމާޔަތް ކޮށްފައިވާ، ތަފާތު ހަތަރު ބާވަތެއްގެ ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފަ އެވެ. އެއީ؛
ކަނޑުގެ ދިރުމުގެ މުއްސަނދިކަން އިތުރު ކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގިނަ ތަންތަނެއް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިނަމަވެސް އެތަންތަން ދެމެހެއްޓެނި ގޮތެއްގައި ހިމާޔަތްކޮށް ބެލެހެއްޓޭނެ ތަނެއް ނުފެނެވެ. އަދި މިފަދަ ހަރުކަށި އިސްލާޙްތައް ޤަވައިދުތަކަށް ގެންނައިރު އާންމުން އެކަން ކަންކަމަށް ހޭލުތެރި ކުރުވުމަށް ކުރެވޭ މަސައްކަތްތައްވެސް މަދެވެ.