twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސިޓްރިޒެން ދިޔާ ބޭހެއް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

Nov 8, 2023

ނުރައްކާތެރި ކެމިކަލް މާއްދާއެއް ކަމަށްވާ "ޑައިއީތައިލިން ގްލައިކޯލް" އަދި "އިތައިލީން ގްލައިކޯލް" ހިމެނޭ ދިޔާ ބޭހުގެ ބެޗެއް ރައްޖެއިން ފެނިފައި ވާތީ، ބޭހުގެ ރައްކާތެރިކަން ކަށަވަރު ވަންދެން، އެ ބޭސް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ދިޔާ ބޭހުގައި މި މާއްދާތައް ހިމެނޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އެލާޓްކޮށްފައި ވާތީ ރާއްޖެއިން ވެސް ރެންޑަމްކޮށް މާކެޓުގައި ހުރި ބޭސްތަކުގެ ސާމްޕަލް ނަގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރި ކަމަށެވެ.

މި ކެމިކަލް ދެނެގަތުމަށްޓަކާ ކުރަންޖެހޭ ކޮންފަމޭޝަން ޓެސްޓް ރާއްޖޭގައި ކުރެވެން ނެތުމުން މި ކެމިކަލް މާއްދާ ހުރިކަން ފާހަގަކުރެވޭ ސާމްޕަލްތައް ޓެސްޓު ކުރަން ހަމަޖެހިފައި ވަނީ ރާއްޖެއިން ބޭރު ލެބޯޓަރީއަކުންނެވެ.

މި އަހަރުގެ މިހާތަނަށް 10 ސާމްޕަލެއް ޓެސްޓު ކުރި އިރު މި ނުރައްކާތެރި ކެމިކަލް މާއްދާ ހުރިކަން ފާހަގަވެފައި ވަނީ ޕާކިސްތާނު ކުންފުންޏަކުން އުފައްދާ ސިޓްރިޒެން ބޭހުގެ ބެޗެއްގައެވެ.

އެހެންކަމުން ފުޑް އެންޑް ޑުރަގު އޮތޯރިޓީން ކަނޑައަޅައި އުސޫލުގެ ދަށުން މި ބްރޭންޑުގެ އިތުރު ތަހުލީލު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމާފައި ވާތީ، މި ބޭހުގެ ޓެސްޓު ލިބި އަދި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން މި ބޭސް އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355