twitterviber whatsapp telegramfacebookyoutube instagram
28th April 2024

މުއިއްޒުގެ ވެރިކަމެއްގައި މިސްކިތްތަކަށް ކުރާ ހަރަދު ތިން ގުނަ ކުރަން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Nov 16, 2023

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށްޓަކާ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރާ ހަރަދު މިހާރަށްވުރެ ތިންގުނަ އިތުރުކުރުމަށް ނިންމައިފި އެވެ.

ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓް އާންމުކުރަން ރޭ ދަރުބާރުގޭގައި ބޭއްވި "ހަފްތާ 14" މަގު ޗާޓްގައި އިސްލާމްދީނާއި ގައުމިއްޔަތަށް އިސްކަންދީފައިވެ އެވެ.

މުއިއްޒުގެ ވެރިކަމުގައި 100 ދުވަހުގެ މަގުޗާޓްގައި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށުން ހިމަނާފައިވެ އެވެ. އަދި އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީހާ ސަގާފަތަށް ދަރިވަރުން އަހައްމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކާ ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގުރާމްތަކެއް ހިންގަން ފަށަންވެސް ހިމަނާފައިވެ އެވެ.

ރާއްޖޭގެ ތައުމީ ތަރިކަ އާލާކޮށް އިޔާދަކުރުމަށް ބޭނުންވާ މަޝްރޫއުތައް އެކަށައަޅައި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ އިބްތިދާއީ މަސައްކަތްތައް ފެށުމާއި ގައުމީ ތަރިކަ ދިރާސާ ކުރާ މަރުކަޒެއް ގާއިމުކުރުން މި މަގުޗާޓްގައި ހިމަނާފައިވެ އެވެ.

ފުރަތަމަ 100 ދުވަހުގެ މަގުޗާޓްގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ގައުމިއްޔަތު އިސްކަން ދިނުމަށް ގައުމީ ތަރިކައިގެ ކޮލެޖެއް ގާއިމުކުރުމާއި ގައުމީ ޗާޕްހާނާއެއް ގާއިމުކުރުމުގެ މަސައްކަތް ފެށުން ހިމަނާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355