twitterviber whatsapp telegramfacebookyoutube instagram
8th May 2024

ވެރިކަމުގެ 100 ދުވަސްތެރޭ ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގު ފަހިކޮށްދެނީ

ނަބީލާ އިސްމާޢީލް
Nov 16, 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ 100 ދުވަހުގެ ޕްލޭންގެ ތެރޭގައި ލޭ އަޅާ ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ''ހަފްތާ 14''ގެ ނަމުގައި އާންމު ކުރެއްވި މި ޕްލޭންގައި ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތައު އަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް ހިމަނާފައި ހުރިއިރު އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމަނާފައި ވަނީ ވެރިކަމުގެ ފުރަތަމަ 4 ހަފްތާގެ ތެރޭގައި ކުރާނެ ކަމެއްގެ ގޮތުގައެވެ.

ފުރަތަމަ 100 ދުވަހުގެ ތެރޭގައި ލޭ އަޅާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާން ހެދޭނެ މަގުފަހިކޮށްދީ، ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ސިޔާސަތެއް އެކުލަވާލުމަށް ނިންމަވާފައިވެއެވެ. މީގެ އިތުރުން އާސަންދައިގެ ދަށުން ކޮންމެ އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ނިންމާފައެވެ.

ސިއްހީ ދުޅަހެޔޮކަން ބިނާ ކުރުމަށް 100 ދުވަހުގެ ޕްލޭން:

  • އިސްރަށްވެހީންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ފެށުން
  • ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ސިޔާސަތެއް އެކުލަވާލުން
  • އޭޓީއެމް ހިދުމަތް ނެތް ރަށްރަށުގައި އެ ހިދުމަތް ފޯރުކޮށްދިނުގެ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން
  • އިސްރަށްވެހީންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއު ފެށުން
  • 1000 ފަގީރުންނަށް ހިލޭ ހައްޖަށް ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ސިޔާސަތު އެކުލަވާލުން
  • ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށުން
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތު އެކުލަވާލައި ތަންޒީރުކުރަން ފެށުން
  • ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގު ފަހިކޮށްދިނުން
  • އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕެއް ހެދުމަށް މަގުފަހިކޮށްދިނުން

އޭގެ އިތުރުން ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ހާއްސަ ގައުމީ ހެލްޕް ލައިނެއް ގާއިމް ކުރުމުގެ މަސައްކަތް 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355