twitterviber whatsapp telegramfacebookyoutube instagram
16th September 2026

ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރައްވައިފި

Nov 17, 2023

ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސްކަމުގެ ހުވާ ކުރައްވައިފި އެވެ.

އެ މަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވީ އެ ކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ސަރަހައްދުގެ ބޮޑެތި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ރައީސް މުއިއްޒަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މި ރަސްމިއްޔާތުގައި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.

ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސް ހުވާ ކުރެއްވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި އާ ސަރުކާރުގެ އިސް ބޭބޭފުޅުންނާއި ދައުވަތު ދެއްވައިގެން ބޭރު ގައުމުތަކުން ވަޑައިގެން ތިއްބެވި އިސް ބޭބޭފުޅުންގެ އިތުރުން އާންމުންގެ 1000 މީހުން ވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ބައިވެރިވެލެއްވިއެވެ.

ހުވާ ކުރެއްވުމާ އެކު އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިނަށް މަރުހަބާ ދަންނަވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293