twitterviber whatsapp telegramfacebookyoutube instagram
2nd January 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި ރަސްމީ ބައްދަލުކުރުއްވުމެއް ބާއްވަވައިފި

ނަބީލާ އިސްމާޢީލް
Nov 18, 2023

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި، ބޭރުގެ އިއްޒަތްތެރިންގެ ޝަރަފްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބި ކަނބަލުން، ސާޖިދާ މުހައްމަދު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ، ރޭ ކުރުނބާ މޯލްޑިވްސްގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ކުރިން ފުރުއްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ބޭރު ޤައުމުތަކުގެ ބައެއް އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355