twitterviber whatsapp telegramfacebookyoutube instagram
3rd June 2025

ރައީސްއަށް އާތިފްގެ ތަހުނިޔާ، ވިދާޅުވީ ރައްޔިތުންގެ މަންފާއަށް ކުރާ ކޮންމެ ކަމަކަށް އެއްބާރުލުން ލިބޭނެކަމަށް

އަބްދުލް ވާހިދު ޙަސަން
Nov 18, 2023
1

ކުޅުދުއްފުށީގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ ކޮންމެ މަސައްކަތެއްގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަން އާ ސަރުކާރަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ދެއްވައިފި އެވެ.

އާ ރައީސް ޑރ މުހައްމަދު މުއިއްޒަށާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފަށް މަރުހަބާ ދަންނަވާ މޭޔަރު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުންމީދަކީ އާ ރިޔާސީ ދައުރަކީ ދިވެހިރާއްޖެއަށާއި ކުޅުދުއްފުއްޓަށް ތަރައްގީއާއި ތަމައްދުން ގެނުވާނެ ދައުރަކަށްވުން ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ކުޅުދުއްފުށީގައި މައި ސަރުކާރުން ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ބާރު ދުވެލީގައި ކުރިއަށްގޮސް، ރައީސް ޑރ މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ މަސައްކަތް އަވަހަށް ފެށިގެންދިއުންކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

ނިމިދިޔަ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުޅުދުއްފުށީގެ ސިއްހީ ހިދުމަތަށް އިންގިލާބީ ހެޔޮބަދަލުތަކެއް ގެންނެވި އެވެ. އެކަމަކު އެ ސަރުކާރު ފެށި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ދައުރު ނިމުނުއިރުވެސް ނިންމާލެވިފައިނުވާކަން ފާހަގަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355