twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ދެން ފެނިގެންދާނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ކައުންސިލްތައް ބާރު ސްޕީޑްގައި ހިނގަމުންދާތަން

އަބްދުލް ވާހިދު ޙަސަން
Nov 19, 2023
1

ކައުންސިލްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ވިސްނުންކަމަށާއި ދެން ފެނިގެންދާނީ ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑްގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކީ ކައުންސިލްތައް ހިނގަމުންދާ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގައި އާ ގަޑިބުރު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދެފަރާތުގައި އެ މަނިކުފާނަށް މަސައްކަތްކުރަން ޖެހުމުން، ކައުންސިލްތައް ނުހިނގަނީ ކިހިނެއްވެގެންކަން ސާފުވެފައިވާ ކަމަށާއި އެހެންވުމުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކާ ހާއްސަ ވުޒާރާއެއް އުފެއްދިކަން ރައީސް ފާހަގަކުރެއްވި އެވެ.

"ދެން ފެނިގެންދާނީ އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭގޮތަށް ބާރު ސްޕީޑްގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ކައުންސިލްތައް ހިނގަމުންދާތަން." އާ ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

މާލެ އާއި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށްގެންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އެގޮތުން، މާލޭގެ މޭޔަރަކަށް އެމަނިކުފާނު ހުންނެވިއިރު ކުރީގެ ސަރުކާރުން ހުއްދަ ނުދިން، ރައްޔިތުން އެދިފައި ހުރި ހުރިހާ މަޝްރޫއެއްވެސް ދެން ބާރު ސްޕީޑްގައި ހިނގަމުންދާނެ ކަމަށެވެ. ހާއްސަ ގޮތެއްގައި، ޕާކިންގ ބިލްޑިންގތައް އެޅުމަށްޓަކައި މާލޭސިޓީ ކައުންސިލުން ނިންމާފައި ހުރި މަޝްރޫއުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355