twitterviber whatsapp telegramfacebookyoutube instagram
13th October 2026

ހާޝިމް، ދިއްދޫ ދާއިރާއަށް ވާދަކުރައްވަނީ

ނަބީލާ އިސްމާޢީލް
Nov 28, 2023

ހއ ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ހާޝިމް ދިއްދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމައިފިއެވެ.

މިދިޔަ ހުކުރުދުވަހު ހާޝިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިއްދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ނިންމާފައިވާކަމަށެވެ.

އެހެން ކަމުން ހާޝިމް ވަނީ މިކަމުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ މަޖިލީހުގެ އިންތިހުގައި ވާދަކުރައްވާނީ ކޮން ޕާޓީއެއްގެ ޓިކެޓްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ދިއްދޫގައި އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށްއުޅުނު ހާޝިމްވަނީ 16 ނޮވެމްބަރު 2023 ގައި އެ ޕާޓީން ވަކިވެފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ހާޝިމް ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެންބަސީގެ މަގާމަކަށް އައްޔަނުކުރެއްވުމުން ރައީސް ސޯލިހުގެ ދައުރު ނިމެންދެން އޭނާ އެ މަގާމުގައި ހުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293