twitterviber whatsapp telegramfacebookyoutube instagram
4th December 2025

ބަށިބޯޅަ މުބާރާތުގައި ބައިވެރިވީ ފަސް ޓީމަކުން

Nov 29, 2023

ކުޅުދުއްފުށީ ބަށި މުބާރާތުގައި ފަސް ޓީމަކު ބައިވެރިވެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ހދ އަތޮޅުގެ ރަށްތަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުށީގެ ހަތަރު ޓީމަކާއި ނެއްލައިދޫގެ ޓީމެކެވެ. އެއީ ނެއްލައިދޫގެ ޓީމާއި ދެ ދަނޑިމާ ޓީމާއި ޓީމް ޒިގްޒެގް، ޓީމް ކޮރަލްސް އަދި ޓީމް މަގުލަހެވެ.

މުބާރާތް އެންމެ ފުރަތަމަ ބާއްވަން މަސައްކަތްކުރީ މެއިމަހު އެވެ. އަދި އޭގެ ފަހުންވެސް އެކި ތާރީހުތައް ދިނުމަށްފަހު ތަފާތު އެކި ސަބަބުތަކާހެދި މުބާރާތް ބާއްވާ ތާރީހް ބަދަލުކުރި އެވެ.

މިހާރު މި މުބާރާތް ބާއްވާ ގޮތަށް އޮތީ އަންނަ ޑިސެމްބަރުމަހު 15، 16، އަދި 17 ގައި އެވެ.

ހަމައެކަނި ރާއްޖެއަށް ހާއްސަ މި ކުޅިވަރު މުބާރާތް ކުޅުދުއްފުށީގައި ބާއްވަން ފެށީ މިދިޔަ އަހަރު އެވެ. އެ އަހަރުގެ ޗެމްޕިއަނުންނަކީ ކޮރަލްސް އެވެ. އަދި ރަނަރަފް ޓީމަކީ ނެއްލައިދޫ ޓީމެވެ.

މިއަހަރުގެ ބަށިބޯޅަ މުބާރާތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލާއި އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355