ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
PM @narendramodi met President @MMuizzu of Maldives on the sidelines of #COP28 WCAS in Dubai.
— Arindam Bagchi (@MEAIndia) December 1, 2023
PM congratulated President Muizzu on his assumption of office. Both leaders reviewed the wide-ranging bilateral relations between the two countries including people to people linkages,… pic.twitter.com/XIrmZI0wND
އެ މަނިކުފާނު ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވީ ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިންނެވެ.
ދެ ގައުމުގެ ގުޅުންތައް ބަދަހިކުރުމަށް ކޯ-ގްރޫފެއް އުފެއްދުމަށް ނިންމާފައިވާ ކަން ހާމަކުރައްވާފައިވަނީ އިންޑިއާގެ ސަރުކާރުންނެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ކުރިއަށްދާ ކޮޕް 28 ގެ ސަމިޓްގެ ތެރެއިން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރިންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ދެ ގައުމު ދާހިލީ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ.
އަދި ދެ ގައުމު ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކޯ ގްރޫޕެއް އުފައްދުމަށް އެ ބައްދަލުވުމުގެ ތެރެއިން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގްރޫޕާއި ގުޅޭ އިތުރު މައުލޫމާތެއް އަރިންދަމް ބަގްޗީ ހިއްސާކޮށްފައެއް ނުވެއެވެ.
ރައީސް ޑރ. މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލު ކުރެއްވި އިރު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންޑިއާގެ އެހީތެރިކަމާ އެކުގައި ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އޭގެތެރެއިން ބައެއް މަޝްރޫއުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖު މަޝްރޫއާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި އައްޑޫ މަގުތައް ހެދުމާއި ގަން ރީޖަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިޤްތިސޯދީ ގުޅުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.
އަދި އެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ކޯ ގްރޫޕެއް އުފައްދަން ވަނީ ނިންމަވައިފައެވެ.
އިންޑިއާއާއެކު މި ފަދައިން މަޝްވަރާ ކުރައްވައިފައިވާއިރު ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް މީގެ ކުރިން އެދިވަޑައިގެންފައެވެ.
އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ކުރަން އޮތް މަސައްކަތެއްގެ ގޮތުގައި ވެސް ނިންމައިފައިވަނީ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ.