twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މަޖުބޫރު ހަތަރު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދެނީ

Dec 12, 2023

އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭނެ ކަމަށާއި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

މީގެ ކުރިން އޯ ލެވެލް މޮކް އެގްޒާމުގައި ފާސްވާ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކައިދެ އެވެ. މަޖުބޫރު މާއްދާތަކުން ވެސް ފާސް ނުވެއްޖެނަމަ އޯލެވެލް އިމްތިހާނުގައި ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ވިދާޅުވީ މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސީގައި ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ.

އެ މާއްދާތަކަށް ފައިސާ ދައްކައިދޭނީ ސަރުކާރުން ކަމަށް ވެސް އޭގައިވެ އެވެ.

"ނަމަވެސް މި ހަތަރު މާއްދާގެ އިތުރުން ދަރިވަރު އިމްތިހާނުގައި ބައިވެރިވި މާއްދާތަކަށް ފީ ދެއްކުމުގައި އަމަލު ކުރާނީ މިނިސްޓްރީ ނަމްބަރު 03/2008ގެ ސާކިއުލާއާ އެއްގޮތަށް،" މިނިސްޓްރީން ބުންޏެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުގައި މަޖުބޫރު ހަތަރު މާއްދާ ހިމެނޭ ގޮތަށް ޖުމްލަ ފަސް މާއްދާގައި ދަރިވަރުން ބައިވެރިވާން ޖެހޭނެއެވެ. މިސާލަކަށް ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން ބީޓެކް ސްޓްރީމްގެ އިތުރުން އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ވެސް ބައިވެރިވާން ޖެހޭނެއެވެ.

އަދި ހުރިހާ ދަރިވަރުން ހިމަނައިގެން ކިޔަވައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަ ކުރެވޭ ދަރިވަރުންނާމެދު ގޮތެއް ނިންމާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށް ވެސް ސާކިއުލާގައި ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލު ގެންނަން ނިންމީ ދަރިވަރުންނަކީ ތައުލީމީ ގޮތުން ހާސިލު ކުރަން ޖެހޭ ވަކި މިންވަރެއް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ހެދުމުގެ މަގުސަދުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355