twitterviber whatsapp telegramfacebookyoutube instagram
5th October 2026

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭގޮތް ހަދައިފި

Dec 16, 2023

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފިއެވެ.

މިވަގުތު ރާއްޖޭގައި މުވާސަލާތީ ހިދުމަތްދެމުން އަންނަ އުރީދޫ އަދި ދިރާގުގެ އިންޓަނެޓް ބޭނުންކޮށްގެން ބަރަހަނާ ސައިޓްތަކަށް ނުވަދެވެއެވެ. މިގޮތަށް ބަރަހަނާ ސައިޓްތައް ރާއްޖޭގައި ބްލޮކްކުރި މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް ހަދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓިއަށް ސަރުކާރުން އަންގައިގެންނެވެ.

އެހެންނަމަވެސް، މިކަމާ ގުޅިގެން ސަރުކާރާއި އަދި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިފަދަ ނިންމުމެއް ތަންފީޒު ކޮށްފައިވާއިރު، މީގެ ކުރިން ވެސް އެފަދަ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކޮށް ކުރުމަށް އާންމުންނާއި މަޖިލީހުގައި ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.

މިއީ ރާއްޖޭގައި އިސްލާމީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި ބަލައިގަންނަން ޖެހެއެވެ. އަރަބި އިސްލާމީ ހުރިހާ ޤައުމެއްގެ އިތުރުން އަވައްޓެރި އިންޑިއާގައި ވެސް ބަރަހަނާ ވެބްސައިޓްތައް ހުންނަނީ ބްލޮކްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293