twitterviber whatsapp telegramfacebookyoutube instagram
14th April 2026

ރޯދަމަހުގެ ފަހު ދިހައެއްގައި ސަަރުކާރު ބަންދުކުރަން ނިންމައިފި

ނަބީލާ އިސްމާޢީލް
Dec 18, 2023

ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމި ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ، އެގޮތަށް ނިންމަވާފައިވަނީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި ދީނީ ކަންތައްތަކަށް ރައްޔިތުންގެ ލޯބި ޖެއްސުމަށާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމަނޭ މުހިންމު ކަމެކެވެ. މި ވައުދު ރައީސް ވެފައިވަނީ 30 އޮގަސްޓު 2023ގައި ބ. އޭދަފުށީގައި ބޭއްވުނު ޖަލްސާގައި ރިޔާސީ ކެމްޕެއިން ޖަލްސާާއެއްގަ އެވެ.

ރައީސް އޭދަފުށީގައި ދެއްކެވި ވާހަކަފުޅުގައި، ރޯދަމަހުގެ ފަހު 10 ދުވަސް ގްރޭޑް އަށަކުން ދަށުގެ ކުދިންނަށް ބަންދުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮންމެ ރޯދަ މަހަކު ވެސް ސަރުކާރު މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ލުއިތައްދެއެވެ. އެގޮތުން އާންމުކޮށް ސިވިލް ސާވަންޓުން މަސައްކަތް ކުރަން ޖެހެނީ ހަތަރު ގަޑިއިރަށެވެ.

ކަލަންޑަރުން ދައްކާ ގޮތުގައި އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު މަހުގެ 11ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355