twitterviber whatsapp telegramfacebookyoutube instagram
30th April 2024

އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ފިޔާ އެތެރެކޮށް ވިއްކަން ފަށައިފި

Dec 18, 2023

ރާއްޖޭގެ ބާޒާރުގައި ފިޔާ ވިއްކާ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާތީ އެސްޓީއޯ އިން ރާއްޖެއަށް ފިޔާ ގެނެސް އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން މެދުކަނޑާލާނެކަން އިއުލާނުކުރުމާއެކު ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. ރާއްޖޭގެ ބާޒާރުގައި އާއްމުކޮށް ވިއްކަން ހުންނަނީ ޗައިނާ، ޕާކިސްތާނު އަދި އިންޑިއާ އިން އެތެރެކުރާ ފިޔަ އެވެ. އޭގެތެރެއިން އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އިމްޕޯޓްކުރާ ގައުމެވެ.

އެގޮތުން ކުރިން ބާޒާރުގައި 200ރ. އާ 400ރ. އާ ދެމެދުގެ އަގެއްގައި ވިއްކަމުން ދިޔާ ފިޔާ ބަސްތާގެ އަގު މިދިޔަ ހަފްތާގައި ވަނީ 800ރ. އާއި 900 އަށް އުފުލިފަ އެވެ.

އެސްޓީއޯއިން ބުނީ ފުރަތަމަ ޝިމްޕްމަންޓުގައި 4،500 ބަސްތާގެ ފިޔާ ވަނީ އެތެރެކޮށްފައި ކަމަށެވެ. އެ ފިޔާތައް ވިއްކަން ނިންމާފައި ވަނީ އާންމު ވިޔަފާރިވެރިން މެދުވެރިކޮށެވެ.

ވިޔަފާރިތަކަށް ފިޔާ ވިއްކާނީ އެސްޓީއޯ އިން ކަނޑައަޅާފައިވާ އެންމެ މަތީ އަގަށް ވުރެ އަގު ބޮޑުކޮށް އާންމުންނަށް ނުވިއްކަން ޝަރުތުކުރުމަށް ފަހު ކަމަށް އެ ކުންފުނިން ބުންޏެވެ. އެސްޓީއޯ އިން ކަނޑައަޅާފައިވަނީ ފިޔާ ކިލޯއެއްގެ އަގު 20ރ. އަށް ވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.

އެސްޓީއޯ އިން އިމްޕޯޓް ކޮއްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ބާޒާރައް ނެރެފަ އެވެ. އެ ކުންފުނީގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުމެވެ. ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބެންދެން އަދި ބާޒާރުގެ އަގު ކޮންޓްރޯލް ވަންދެން އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ސަޕްލައި ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފިޔާ ކިލޯއެއްގެ އަގު މިވަގުތު ބާޒާރުގައި އުޅެނީ 30ރ އާއި 35ރ. އާ ދެމެދުގަ އެވެ.

ފިޔާ އަގު އެހާ ބޮޑަށް އުފުލުނީ އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލިކަން އިއުލާނު ކުރުމާ ގުޅިގެންނެވެ. ނަމަވެސް ރާއްޖެ އާއި އެ ގައުމާ ދެމެދުގައި އޮންނަ ހާއްސަ އެއްބަސްވުމެއްގެ ދަށުން، ރާއްޖެ އަށް ފިޔާ އެތެރެކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިވެފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355