twitterviber whatsapp telegramfacebookyoutube instagram
14th October 2025

މުސާރަ ބޮޑު ކުރަން ރައީސްގެ ތާއީދެއް ނެތް, ބޭނުމަކީ ނަފުރަތު އުފެއްދުން: ޝަހީބު

Dec 20, 2023

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ނުކުރައްވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނުގެ ރަސްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީބު ވިދާޅުވީ އެ ނިންމުން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށާއި އެއީ ރައީސް ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށެވެ.

"ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ހައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން" ޝަހީބު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ. ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ ބޮޑުކުރަން ނިންމިއަސް، އެ ދެ ބޭފުޅުންގެ މުސާރައިގެ އަދަދު ވަކި ގޮތަކަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ އެކަމަށް އިސްލާހު ގެނައުމަށް ލަފާދިނުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355