twitterviber whatsapp telegramfacebookyoutube instagram
13th May 2026

ކުޅުދުއްފުށީ އެއާޕޯޓުން ފުރަން ދިޔަ މީހަކު އަތުން ވަޒަނެއް ފެނިއްޖެ

އަބްދުލް ވާހިދު ޙަސަން
Dec 29, 2023

ކުޅުދުއްފުށީ އެއާޕޯޓުން ފުރަން ދިޔަ މީހަކު އަތުން ވަޒަނެއްގެ ފެނިއްޖެ އެވެ. ވަޒަން ފެނިފައިވަނީ މިއަދު ހަވީރު ކުޅުދުއްފުށިން މާލެ ދިޔުމަށް އެއާޕޯޓަށް ފުރަން ދިޔަ މީހަކު އަތުންނެވެ.

ކޭއޯއަށް އެކަން ޔަގީންކޮށްދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، ބޮޑަށް ބެލެވެނީ އެއީ މިސްފަޔަރ ރައުންޑެއްގެ ގޮތުގައި ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ހައްޔަރުނުކުރާ ކަމެއްވެސް ސިފައިން ނުބުނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒަން ފެނިފައިވަނީ ދިވެހި އަންހެނެއްގެ އަތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355